މާލޭގެ ޗާންދަނީމަގުގައި ހުންނަ ކެފޭ އެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފުން ބުނީ، މިއަދު ހަވީރު 5:50 އެހާކަންހާއިރު އަލިފާނުގެ ހާދިސާ ހިނގީ ޗާންދަނީމަގުގައި ހުންނަ "ގްރީން މޫންކެފޭ"ގެ ބަދިގޭގައި ކަމަށެވެ.
ނަމަވެސް ރޯވިތާ ކުޑަވަގުތު ކޮޅެއްގެ ތެރޭގައި އަލިފާން ނިއްވާލި ކަމަށް އެމްއެންޑީއެފުން ބުނެއެވެ. ނަމަވެސް ބަދިގޭގައި އަލިފާން ރޯވާން މެދުވެރިވި ސަބަބެއް އަދި ނޭނގެއެވެ.
މާލޭގެ ކެފޭއެއްގައި ރޯވިއިރު މާވެޔޮ މަގުގައި ހުރި ކެފޭއެއްގައި މީގެ ފަސް ދުވަސް ކުރިން ވަނީ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. ރޯޅި ކެފޭ ނަމަކަށް ކިޔާ އެ ކެފޭގައި ރޯވީ ގޭސް ރެގިއުލޭޓަރަކުން ލީކު ވެގެންނެވެ.
މާލޭގައި ދާދިފަހުން ވަނީ އަލިފާނުގެ ނުރައްކާތެރި ދެ ހާދިސާއެއް ހިނގައިފައެވެ. އެއް ހާދިސާއެއްގައި މީހެއްގެ ފުރާނަ ގެއްލި، އެތައް ބައެއްގެ ގެދޮރު އަނދައިގެން ދިޔައެވެ. އަދި ދެވަނަ ހާދިސާގައި ހަތް މީހަކު ފިހި، ދިހަ ތެޔޮ ބައުޒަރަކާއި ލޯންޗެއް ވަނީ އަދައިފައެވެ.