ޚަބަރު

ޓްރޭޑްނެޓް މޯލްޑިވްސްގެ ޗެއާމަނަކަށް ޔޫސުފް ރިޒާ އައްޔަން ކުރައްވައި ބޯޑު އެކުލަވާލައިފި

އިބްރާހިމް ޒަކީ

ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްގެ ޗެއާމަން އަކަށް އިކޮނޮމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުގައި ކުރިން ހުންނެވި ޔޫސުފް ރިޒާ އައްްޔަން ކުރައްވައި ޑިރެކްޓަރުންގެ ބޯޑު އެކުލަވާ ލައްވައިފިއެވެ.

ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަނުގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް، ކުންފުންޏެއް އުފެއްދެވީ މިމަހު 13 ވަނަ ދުވަހުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އުފެއްދެވި މި ކުންފުންޏަކީ ދިވެހިރާއްޖޭގައި ވިޔަފާރިކުރުމާގުޅޭ އެކިއެކި ހހިދުމަތްތައް އެއް ވިޔުގައަކުން ފޯރުކޮށްދިނުމަށްޓަކައި “ސިންގަލް ވިންޑޯ” އޮޕަރޭޓަރުގެ ޒިންމާ އަދާކުރާ، ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާ އެކުލެވިގެންވާ ކުންފުންޏެކެވެ.

މި ކުންފުނީގެ ބޯޑުގައި ތިއްބަވާ ހަތް މެންބަރުންގެ ތެރެއިން ހަ މެންބަރުންގެ މަގާމަށް ޕްރަވަޓައިޒޭޝަން ބޯޑުން މެންބަރުން އައްޔަން ކޮށްފައިވާއިރު، އެބޭފުޅުންގެ ތެރޭގައި ހިމެނެނީ، މެނޭޖިން ޑިރެކްޓަރަކަށް ހަމަޖައްސާފައިވާ އަހްމަދު ޝިހާމް އަލީ އާއި ޑިރެކްޓަރު ނާހިޔާ މުހައްމަދާއި، ޝުރުފާ އަބްދުލްވާހިދާއި، މަހްމޫދު ރިޔާޒުގެ އިތުރުން މަރިޔަމް ވިޝާމާ އަހްމަދެވެ.

ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް މިމަހުގެ 13 ވަނަ ދުވަހު އުފެއްދެވީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުންނެވެ.

ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަނަކީ ސަރުކާރުގެ 100 އިންސައްތަ ހިއްސާވާ ކުންފުންޏަކަށްވާއިރު، އެ ކުންފުނީގެ ހުއްދަކުރެވިފައިވާ ރައުސްމާލަކީ 10 ރުފިޔާގެ 15 މިލިއަން ހިއްސާގެ މައްޗަށް ބަހާލެވިފައިވާ އެއްސަތޭކަ ފަންސާސް މިލިއަން ރުފިޔާ އެވެ.