ޚަބަރު

ގެސްޓުހައުސްއެއްގައި އަންހެނަކު ނިޔާވި މައްސަލައެއް ފުލުހުން ބަލަން ފަށައިފި

ގެސްޓް ހައުސްއެއްގައި މިއަދު އަންހެނަކު ނިޔާވި މައްސަލައެއް ފުލުހުން ބަލަން ފަށައިއެވެ.

ފުލުހުން ބުނީ، މައްޗަންގޮޅީ ސަހަރާ ކައިރީގައި ހުންނަ ގެސްޓުހައުސްއެއްގައި އުޅުނު އާއިލާއެއްގެ މީހަކު ނިޔާވެގެން އައިޖީއެމް އެޗަށް ގެންދިޔަކަން މިއަދު 3:00 އެހާކަންހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ ހާދިސާއާ ގުޅިގެން އައިޖީއެމްއެޗްގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މައްސަލަ ރިޕޯޓް ކޮށްފައިވަނީ 41 އަހަރުގެ ދިވެހި އަންހެނެއް ނިޔާވެގެން ކަމަށެވެ.