ޚަބަރު

އާއްމުކޮށް ރާއްޖެއަށް މަސްތުވާތަކެރި އެތެރެކުރާ ގައުމުތައް ހާމަކޮށްފި

އިބްރާހިމް ޒަކީ

އާއްމު ކޮށްރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ގައުމުތައް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން މިއަދު އާއްމުކޮށްފި އެވެ.

އެ ގައުމުތައް ފާހަގަކޮށް އާއްމު ކޮށްފައިވާ މި ޗާޓުގައި އާއްމުކޮށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރާ 21 ގައުމެއްގެނަން ކަސްޓަމުން ވަނީ އާއްމު ކޮށްފައެވެ.

އެ ޗާޓު އާއްމު ކުރުމަށްފަހު ކަސްޓަމްސް އިން ބުނީ ޗާޓުގައި ވަނީ 2013 ވަނަ އަހަރުން ފެށިގެން ހުސްވި 2018 ވަނަ އަހަރުގެ ނިޔަލަށް ކަނޑުމަގުންނާއި ވައިގެ މަގުން، އަދި ޕޯސްޓް މެދުވެރިކޮށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ގައުމުތައް ކަމަށެވެ.

ކަސްޓަމްސް އިން އާއްމު ޗާޓުގައި ރާއްޖެއަށް އެންމެ ގިނައިން މަސްތުވާތަކެތި އެތެރެކުރާ ގައުމުތަކުގެ ގޮތުގައި ފާހަގަ ކުރެވެނީ އޭޝިއާގެ ގައުމުތަކެވެ.

އޭޝިއާގެ 11 ގައުމު ޗާޓުގައި ފާހަގަކޮށްފައިވާއިރު، އޭގެތެރޭގައި އަވައްޓެރި އިންޑިއާ އާއި ސްރީލަންކާ އާއި ޕާކިސްތާނާއި ބަންގްލަދޭޝްގެ އިތުރުން މެލޭޝިއާ އާއި ތައިލެންޑާއި އީރާނާއި ގަތަރާއި ޔޫއޭއީ އާއި ކަޒަކިސްތާނާއި އުޒްބަކިސްތާން ހިމެނެ އެވެ.

ޔޫރަޕްގެ ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރާ ގައުމުގެ ގޮތުގައި ފާހަގަ ކުރެވޭ ގައުމު ތަކުގެ ތެރޭގައި ނެދަލެންޑާއި، ޖަރުމަނާއި އިނގިރޭސިވިލާތާއި ސްޕޭނާއި ބެލްޖިއަމް ހިމެނެއެވެ.

އެފްރިކާގެ ގައުމުގެ ތަކުގެ ތެރޭގައި ހިމެނެނީ، އިތިއޯޕިއާ އާއު ބެނިންގެ އިތުރުން ޓޯގޯއެވެ. އެމެރިކާ ބައްރުން ފާހަގަވަނީ ގައުމެކެވެ. އެއީ ބްރެޒިލް އާއި ޓްރިނިޑާޑް އެންޑް ޓޮބޭގޯ އެވެ.