ޚަބަރު

ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ، ފޭރެން މަސައްކަތް ކޮށްފި

އާނިފާ ހުސެއިން ސިރާޖް

މާފަންނު ގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ ފޭރެން މަސައްކަތްކޮށްފިއެވެ.

ފުލުހުން ބުނީ މާފަންނު ޝަހީދު އަލީ ހިނގުމުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ފޭރެން އުޅުނު މައްސަލައެއް މިއަދު 12:02 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ތޫނު އެއްޗަކުން ހަމަލާދީ ފޭރެން އުޅުނު މައްސަލާގައި ބިދޭސީއަކަށް ޒަހަމްތަކެއް ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އެގޮތުން އެމީހާގެ ކަނާއަތު ކުޑަވައި އިނގިލީގެ އިތުރުން ބުރަކަށި ވަނީ ތިލަކޮށް ޒަހަމްވެފައި ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާއިރު، އެ ސަރަހައްދުގައި މިހާރުވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.