މަކަރާއި ހީލަތް ހެދުމުގެ މައްސަަލައަކާ ގުޅިގެން ފުލުހުން މީހަކު ހޯދަން ފަށައިފިއެވެ.
ފުލުހުން ބުނީ، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެން ހޯދަމުން ދަނީ ށ. ކޮމަންޑޫ، ޝާޒް، މުހައްމަދު މަސީހު (33އ) ކަމަށެވެ.
ނަމަވެސް އޭނާ ހޯދަމުންދަނީ ކޮންކަހަލަ މަކަރާއި ހީލަތް ހެދުމުގެ މައްސަލައަކާ ގުޅިގެންކަމެއް ފުލުހުން ނުބުނެއެވެ.
ފުލުހުން ބުނީ މުހައްމަދު މަސީހާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ޑިއުޓީ ނަމްބަރު 9631696 ށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭ ކަމަށެވެ.
މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވާ ކަމަށްވެސް ފުލުހުން ބުންޏެވެ.