ޚަބަރު

ހަ އަހަރުގެ ކުޑަކުއްޖެއްގެ ފުއްޕާމެއިން ލެގޯ ކޮޅެއް ނަގައިފި

އާނިފާ ހުސެއިން ސިރާޖް

އައިޖީއެމްއެޗް އިން ހަ އަހަރުގެ ކުޑަކުއްޖެއްގެ ފުއްޕާމެއިން ލެގޯ ބްރިކް ކޮޅެއް ކާމިޔާބުކަމާއެކު ނަގައިފިއެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް "ވަން" އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ އެ ކުއްޖާގެ ފުއްޕާމެއަށް ލެގޯ ބުރިކް ކޮޅެއް ގޮސްގެން ހޮސްޕިޓަލަށް ގެނައީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.

އެގޮތުން ރޭގެ ވަގުތެއްގައި އައީޖީއެމްއެޗް ގެ ފުއްޕާމެއާއި ނޭވާލާ ނިޒާމް އާއި ބެހޭ ހާއްސަ ޑޮކްޓަރުން، އެ ކުއްޖާ އޮޕަރޭޝަން ކޮށް، ލެގޯކޮޅު ނަގާފައިވާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ އެ ކުއްޖާ މިހާރު އޮތީ އޮޕްރޭޝަނަށްފަހު އެޑްމިޓްކޮށްފައި ކަމަށާއި ކުއްޖާގެ ހާލު ދަނީ ރަނގަޅުވަމުން ކަމަށެވެ.

ހަ އަހަރުގެ ކުއްޖާގެ ފުއްޕާމެއިން ލެގޯ ކޮޅު ނެގުމުގެ ތެރެއިން