ޚަބަރު

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ ފެން ބިލްޑިންއަށް ބަދަލުކޮށްފި

އާނިފާ ހުސެއިން ސިރާޖް

ރާއްޖޭގެ މަތީ ތައުލީމުގެ އެންމެހާ ކަންކަމާ ބެހޭ މިނިސްޓްރީ، މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން ކުރިން ހިންގަމުން ދިޔަ އިމާރާތުން، ފެން ބިލްޑިންގް އަށް ބަދަލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން ކުރިން ހިންގަމުން ދިޔައީ ވެލާނާ ބިލްޑިންގްގައެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ މިއަދުން ފެށިގެން އެ މިނިސްޓްރީގެ އޮފީސް ހިންގަމުންދާނީ ފެންބިލްޑިންގް އޮފީސް ހިންގަމުންދިޔަ އަމީނީމަގުގައި ހުރި އިމާރާތުގެ ދެވަނަ ފަންގިފިލާގައި ކަމުގައެވެ.

އަދި އެ މިނިސްޓްރީއަށް ގުޅޭނެ ނަންބަރުވެސް ވަނީ ބަދަލުކޮށްފައެވެ.

އެގޮތުން ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއަށް މިއަދުން ފެށިގެން ގުޅޭނެ ނަންބަރުތަކަކީ 3026955/ 3026966 ކަމަށް އިއުލާނުގައި ބުނެފައިވެއެވެ. މީގެ އިތުރުން މިނިސްޓްރީގެ އާ ހޮޓްލައިން ނަންބަރަކީ 7311474 ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއަކީ ރާއްޖޭގެ މަތީތައުލީމާ ބެހޭ އެންމެހާ ކަންކަން ހިންގާ ބެލެހެއްޓުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އުފެއްދި މިނިސްޓްރީއެކެވެ.