ޚަބަރު

ހުޅުމާލެއިން ގެއްލުނު އަންހެންކުއްޖާ ފެނިއްޖެ

މުހައްމަދު އައުޒަމް

ހުޅުމާލެއިން ގެއްލުނު އަންހެންކުއްޖާ ފެނިއްޖެއެވެ.

މިދިޔަ ހޮނިހިރު ދުވަހުގެރެއިން ފެށިގެން ގެއްލިގެން ހޯދަމުންދިޔައީ ގއ މާމެންދޫ އުމުރުން 14 އަހަރުގެ އަންހެން ކުއްޖެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ވަން އޮންލައިން"އަށް ވިދާޅުވީ ހުޅުމާލެއިން ގެއްލުނު ކުއްޖާ ރޭފަތިހު ފެނިފައިވާ ކަމަށެވެ. މިހާރު އެކުއްޖާ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށާއި އާއިލާއާ ހަވާލުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

"ވަން އޮންލައިން"އަށް ދެއްވި އިންޓަވިއުއެއްގައި އެކުއްޖާގެ ބައްޕަ ބުނީ އެކުއްޖާ ފެނިފައިވަނީ ހެނދުނުކަމަށެވެ. އަދި މިހާރު ފުލުހުންގެ ބެލުމުގެދަށުން ޓެސްޓުތަކެއް ހެދުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އިތުރަށް މައުލޫމާތު ދެމުން ބުނީ ހޮނިހިރު ދުވަހު ސްކޫލް ޓެސްޓު ނިމިގެން ގެއަށް ނައުމުން އެރޭ 8 ޖެހިއިރުން ފެށިގެން ހޯދުމުގެ މަސައްކަތް ކުރަން ފެށީ ކަމަށެވެ.

އެކުއްޖާގެ ބައްޕަ ބުނީ އެކުއްޖާ ހުޅުމާލޭގައި ހުންނަ އެކުއްޖާގެ ބޮޑުދައިތަގެ ގެއަށް ބަދަލުވިތާ އަދި މަހެއް ނުވާނެކަމަށެވެ.