ތާރީޚީ ވާހަކަ، "ޙިޖާޒުގެ ޤާފިލާ" ވަން އޮންލައިން މެދުވެރިކޮށް ގެނެސްދޭން ނިންމައިފި އެވެ.
މިއީ މުސްލިމުން އިރާގާއި އީރާނު ފަތަހަ ކުރި ފުތޫހާތުގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ތާރީޚީ އަދި ލޯބީގެ ވާހަކައެކެވެ. މި ވާހަކަ ވަން އޮންލައިން ގައި ޝާއިއުކުރަން ފަށަން ނިންމާފައި ވަނީ އަންނަ ހަފުތާއިން ފެށިގެންނެވެ.
މިވާހަލަ ލިޔުއްވީ، ނަސީމު ހިޖާޒީ އެވެ. އޭނާގެ ލިޔުއްވުންތަކުގެ މައްޗަށް އެތައް ބަޔަކު ޕީއެޗްޑީ ވެސް ހަދާފައިވާ އިރު، ސައްޔިދު އަބުލް އައުލާ މައުދޫދީ ލިޔުއްވާފައިވާ ގޮތުގައި، ނަސީމު ހިޖާޒީގެ ކޮންމެ ވާހަކައަކީ ވެސް އިސްލާމް ދީނަށް ދެވޭ ފުރިހަމަ ދައުވަތެކެވެ.
މި ވާހަކަ ދިވެހި ބަހަށް ތަރުޖަމާ ކުރައްވާފައި ވަނީ، ދިވެހި ދައުލަތުން ދެއްވާ އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމާއި އާންމު ހިދުމަތުގެ ޝަރަފުވެރިކަމުގެ އިނާމު ތަރުޖަމާ ކުރުމުގެ ރޮނގުން ލިބިވަޑައިގެންފައިވާ ރާއްޖޭގެ މަޝްހޫރު ލިޔުންތެރިޔާ އަބްދުﷲ ފާރޫގު ހަސަން އެވެ. އޭނާ އަށް ވަނީ ދިވެހި ނޫސްވެރިކަމުގެ ޝަރަފުގެ އަލިމަސް ގަލަން ވެސް ލިބިވަޑައިގެންފަ އެވެ.
ވަން އޮންލައިނުން މި ވާހަކަ ގެނެސްދޭ އިރު، އިސްލާމީ ފުތޫހާތާ ބެހޭ ބައެއްް ޗާޓު ތަކާއި ކުރެހުންތައް ވެސް ގެނެސްދެވޭނެ އެވެ.