ވައިގެ މަގުން އައްޑޫއަށް މަސްތަކުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ، މިދިޔަ ބުދަ ދުވަހުގެ ރޭ ދަންވަރު 1:00 ޖަހާ އެހާކަންހާއިރު، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމަތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ގަން އެއާޕޯޓުން ހައްޔަރު ކޮށްފައި ވަނީ 20 އަހަރުގެ ފިރިހެނެއް ކަމަށެވެ.
އެ މީހާ އެއާޕޯޓުން ހުއްޓުވައި، ބަލައި ފާސް ކުރިއިރު އޭނާގެ އަތުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާ ހައްޔަރުކޮށް، މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް ދިހަ ދުވަސް ދީފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާކަމަށެވެ.