ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް

ޖުމުހޫރީ ޖަލްސާއިން ރައީސްވެސް ވަޒީރެއްވެސް ނުފެނުނު، ގައުމީ ބަހާތައް ހިމާޔަތްކުރާ ގޮތަކީ އެއީތޯ؟: ރައީސް މައުމޫނު

1

ދިވެހިރާއްޖޭގެ ދެވަނަ ޖުމުހޫރިއްޔާ އަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ރޭ ބޭއްވި ޚާއްސަ އިވެންޓުން ރައީސް ޔާމީނާއި ކެބިނެޓުގެ އެއްވެސް ވަޒީރެއް ނުފެނުމުން އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ކުރީގެ ރައީސް މައުމޫނު ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫނު މިހެން ވިދާޅުވީ އެމަނިކުފާނު މިއަދު ހެނދުނު ކުރެއްވި ޓުވީޓެއްގަ އެވެ.

ރައީސް މައުމޫނުގެ ޓުވީޓުގައި ވަނީ ރޭގެ އިވެންޓަށް ސަރުކާރުގެ އެހެން ލެވެލް ތަކުގެ އޮފިޝަލުން ވެސް ހާޒިރުވެފައިވާ މިންވަރު ދަށްކަން ފާހަގަކުރައްވައިފަ އެވެ.

"އަޅުގަނޑުމެން ގައުމުގެ ބަހާތައް ނަގަހައްޓައި ހިމާޔަތްކުރާ ގޮތަކީ އެއީތޯ؟" ރައީސް މައުމޫނުގެ ޓުވީޓު ނިންމަވައިލައްވަމުން ވިދާޅުވެފައިވެ އެވެ.

ރައީސް މައުމޫނުގެ ވެރިކަމުގައި ދީނީ އަދި ގައުމީ މުނާސަބަތުތައް ކުލަގަދަކޮށް ބޭއްވުމަށް ޚާއްސަ އިސްކަމެއް ދެއްވައިފައިވެ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟