ޚަބަރު

ގިރިފުށީގައި ހަތިޔާރާއެކު އެމްއެންޑީއެފްގެ ތަމްރީނުތަކެއް މިއަދު ފަށަނީ

އާނިފާ ހުސެއިން ސިރާޖް

ދިވެހި ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް) އިން ކ. ގިރިފުށީގައި ހަތިޔާރާއެކު ތަމްރީނުތަކެއް ކުރިއަށްގެންދިއުމަށް ހަމަޖައްސައިފިއެވެ.

މި ތަމްރީނުތައް ކުރިއަށްގެންދާނީ މިއަދުން ފެށިގެން އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެވެސް 18:30 އިން 21:00 އަށް ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

އަދި މި ތަމްރީނުތަކުގައި ބޭނުންކުރާ ބަޑީގެ ވަޒަން ދަތުރުކުރާނީ ގިރިފުށިން ހުޅަނގު ދެކުނަށް 2000 މީޓަރު ދުރުމިނަށާއި 100 މީޓަރުގެ އުސްމިނާ ދެމެދު ކަމަށްވެސް އެމްއެންޑިއެފުން މައުލޫމާތުދެއެވެ.

މިއަހަރުގެ މޭ މަހުވެސް އެމްއެންޑިއެފުން ވަނީ މާލެ އަދި ހުޅުމާލޭގައި ގޮވާ ތަކެއްޗާއެކު ތަމްރީނުތަކެއް ކުރިއަށްގެންގޮސްފައެވެ.