ރަހުމަތްތެރިކަމުގެ ދަތުރެއްގައި ރާއްޖެއައި ޖަޕާން މެރިޓައިމް ސެލްފް ޑިފެންސް ފޯސްގެ ދެ މަނަވަރު މިއަދު ފުރައިފިއެވެ.
އެމްއެންޑީއެފުން ބުނީ "ޖޭއެމްއެސްޑީއެފް ޓަކަޝިމާ" އާއި "ޖޭއެމްއެސްޑީއެފް ބުންގޯ" ނަމަކަށް ކިޔާ މި ދެ މަނަވަރު ރާއްޖެ އައިސްފައި ވަނީ މިދިޔަ އަންގާރު ދުވަހު ކަމަށެވެ.
ޖަޕާނު އަސްކަރިއްޔާގެ ދެ މަނަވަރު ރާއްޖެއަށް ކުރި މި ޒިޔާރަތުގައި އެމްއެންޑީއެފް ކޯސްޓްގާޑާއި ސިފައިން ގުޅިގެން ކަނޑުމަތީގެ ތަމްރީނުތަކެއް ހިންގާފައިވާ ކަމަށާއި، މި އަސްކަރީ މަނަވަރުތަކުގައި ހަރަކާތްތެރިވާނެ ގޮތްތަކުގެ ޑްރިލް ތަކާއި ފަޔަރ ފައިޓިންގެ އިތުރުން ޑެމޭޖް ކޮންޓްރޯލާއި ނޭވަލް ޑްރިލްސް ހިމެނޭ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.
ރާއްޖެ އައި ޖަޕާން މެރިޓައިމް ސެލްފް ޑިފެންސް ފޯސްގެ ދެ މަނަވަރުގެ ތެރެއިން "ޖޭއެމްއެސްޑީއެފް ޓަކަޝިމާ" އަކީ ނޭވީ ޑިސްޓްރޯޔަރ ކްލާސްގެ މަނަވަރެކެވެ. އަދި "ޖޭއެމްއެސްޑީއެފް ބުންގޯ" އަކީ މައިން ކްލިއަރިންގ އަށް ބޭނުންކުރާ މަނަވަރެކެވެ.