ޚަބަރު

ރަސޫލާގެ ދިފާއުގައި ބަސް ބުނުމަކީ ފިތުނަ އުފެއްދުމެއް ނޫން: އަލީ ޒާހިރު

ޝަހީދާ އަބްދުﷲ ސައީދު

1

އިސްލާމް ދީނަށާއި މާތް ނަބިއްޔާގެ ދިފާއުގައި ބަސް ބުނުމަކީ ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދަ އުފެއްދުން ނޫން ކަމަށް އައްޝައިޚު އަލީ ޒާހިރު ބިން ސައީދު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވެފައިމިވަނީ އެމްޑީއެންގެ ރިޕޯޓާ ގުޅިގެން ޔުނިވާސިޓީގެ ބައެއް ލެކްޗަރާއިން ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެދި، މުޖުތަމައު ހަލަބޮލި ވެދާނޭ ފަދަ ބީދައަކުން އެ ރިޕޯޓާ ގުޅިގެން ސޯޝަލް މީޑިއާގައި ތަފާތު އެކި ހިޔާލު ފާޅު ނުކުރުމަށް އެމްއެންޔޫގެ ލެކްޗަރާއިންނަށް އެ ޔުނިވާސިޓީން އަންގާފައިވަނި ކޮށެވެ.

ޝައިހް އަލީ ޒާހިރުގެ ފޭސްބުކް ޕޭޖުގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާތް ރަސޫލާ صلى الله عليه وسلم އަށް ފުރައްސާރަ ކުރުމުން، އިތުރު އެކަލޭގެފާނުގެ ދިފާއުގައި ބަސްބުނުމާއި، ކުށަށް އަރައިގެން މީހުންނަށް ގާނޫނީ ފިޔަވަޅު އަޅަން ބުނުމަކީ ފިތުނަ އުފެއްދުން ނޫން ކަމަށެވެ. އަދި އެކަން ކުޑަކޮށް ވެސް ތަންދޮރު ދަންނަ މީހަކަށް އިނގޭނެ ކަމަށް ވިދާޅުވިއެވެ.

''މާތް ރަސޫލާ صلى الله عليه وسلم އަށް ފުރައްސާރަ ކުރުމުން، އިތުރު އެކަލޭގެފާނުގެ ދިފާއުގައި ބަސްބުނުމާއި، ކުށަން އަރައިގެން މީހުންނަށް ގާނޫނީ ފިޔަވަޅު އަޅުއްވާށޭ ބުނުމަކީ ފިތުނަ އުފެއްދުން ނޫންކަން، ކުޑަކޮށް ވެސް ތަންދޮރު ދަންނަ މީހަކަށް ވިއްޔާ އިނގޭނެއެވެ.'' އަލީ ޒާހިރު ވިދާޅުވިއެވެ.

އެމްޑީއެން އިން އިސްލާމްދީނަށް ފުރައްސާރަކޮށް ނެރެފައިވާ ރިޕޯޓްގައި ކަންބޮޑުވާންޖެހޭ ވަރަށް ގިނަ ކަންކަން ހުރުމުން ދީނީ އިލްމުވެރިން ވަނީ އެކަން ކުރި ބަޔަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ގޮވަލައި އަދި ޖަމިއްޔާ އުވާލަން ގޮވާލައިފައެވެ. އަދި ރިޕޯޓު ނެރުމުން ރައްޔިތުން ގެންދަނީ މީސް މީޑިއާގައި އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށް، އެފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟