ޖަސްޓިސް ބިލްޑިންގުގެ އޭސީގެ އައުޓްޑޯ އެއް ވަގަށް ނެގުމަށްފަހު، އެ ވިއްކަން އުޅުނު ދެ މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ، ޖަސްޓިސް ބިލްޑިންގައި ހަރުކޮށްފައިހުރި އޭސީ އެއްގެ އައުޓްޑޯ ޔުނިޓް ވަގަށް ނައްޓާލުމަށްފަހު، އެ ވިއްކަން ބާޒާރުމަތީގައި އުޅުނު ދެ މީހަކު މިއަދު ހެނދުނު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެމީހުން ހައްޔަރުކޮށްފައިވަނީ މިއަދު ހެނދުނު 6:59 ހާއިރު ކަމަށް ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން ބުނީ އެ މައްސަލައާއި ގުޅިގެން ހައްޔަރުކުރީ 45 އަހަރުގެ ދިވެއްސަކާއި 50 އަހަރުގެ ދިވެއްސެއް ކަމަށެވެ.