ޚަބަރު

މީޑިއާ ކައުންސިލުގެ މެމްބަރު ކަމުން ޝީރީން އިސްތިއުފާދެއްވައިފި

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ މެމްބަރު ކަމުން ޝީރީން ނާހިދާ ލަތީފު އިސްތިއުފާ ދެއްވައިފިއެވެ.

އެމްއެމްސީން މިއަދު ބުނީ، އެ ކައުންސިލުން މިއަދު ބޭއްވި ބައްދަލުވުމުގައި ޝީރީންގެ އިސްތިއުފާ ގަބޫލުކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެމްއެމްސީއަށް ޝީރީން އިންތިހާބުކުރީ އެ ކައުންސިލަށް އާންމުންގެ ތެރެއިން ހަތް މީހުން އައްޔަންކުރުމަށް 16 ޑިސެމްބަރު 2018 ގައި ބޭއްވި އިންތިހާބުގައެވެ.

މީޑިއާ ކައުންސިލްގެ މެމްބަރުންގެ އަދަދަކީ 15 އެވެ. އެއީ މީޑިއާގެ ފަރާތުން އަށް މެންބަރަކާއި އަމިއްލަ ގޮތުން ހަތް މެންބަރެކެވެ. އަމިއްލަ މެމްބަރުންގެ ތެރެއިން ޝީރީން އިސްތިއުފާ ދެއްވުމުން މިހާރު އެ ކައުންސިލުގައި ތިއްބަވާނީ ސާދަ މެންބަރުންނެވެ.