ޚަބަރު

ކޮޗިން އަށް ދެކޮޅު ޓިކެޓު ހިލޭ ހޯދުމުގެ ފުރުސަތު މޯލްޑިވިއަން އިން

އާނިފާ ހުސެއިން ސިރާޖް

ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން، އަންނަ ހުކުރު ދުހަވު ކުރިއަށްގެންދާ ހަރަކާތެއްގައި ބައިވެރިވެގެން ކޮޗިން ދެކޮޅު ޓިކެޓު ހިލޭ ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މޯލްޑިވިއަން އިން ބުނީ "ކަބަޑު ހުޅުވައިގެން ކޮޗިން އަށް" ގެ ނަމުގައި ކުރިއަށްގެންދާ މި ހަރަކާތް އޮންނާނީ އަންނަ ހުކުރު ދުވަހުގެ ހަވީރު 04:00 އިން 06:00 އަށް މާލެ ރާޅުގަނޑު ސަރަހައްދުގައި ކަމަށެވެ.

މި ހަރަކާތް ކުރިއަށްދާނެ ގޮތަކީ، ކަނޑައަޅާފައިވާ ސަރަހައްދުގައި ކަބަޑުގެ ތަޅުދަނޑި ފޮރުވާފައި އޮންނާނެއެވެ. އެ ތަޅުދަނޑި ހޯދައިގެން އައިސް ކަބަޑު ހުޅުވިއްޖެ ނަމަ އިނާމެއް ލިބޭނެއެވެ. މީގެ ތެރެއިން ކޮންމެސް އެއް ކަބަޑެއްގައި ކޮޗިން ދެކޮޅު ޓިކެޓު އޮންނާނެ ކަމަށް މޯލްޑިވިއަން އިން މައުލޫމާތުދެއެވެ.

އަދި މި ހަރަކާތުގައި މޯލްޑިވިއަންގެ މުވައްޒަފުން ފިޔަވާ ހަމަ ކޮންމެ މީހަކަށްވެސް ބައިވެރިވެވޭނެ ކަމަށް މޯލްޑިވިއަން އިން މައުލޫމާތުދެއެވެ.