ޚަބަރު

އެމްސީއައިއެފް ގެ ޗެއާމަން ކަމުގެ މަގާމަށް ގާސިމް

އާނިފާ ހުސެއިން ސިރާޖް

މޯލްޑިވްސް ސެންޓާ ފޯ އިސްލާމިކް ފައިނޭންސް ލިމިޓެޑް (އެމްސީއައިއެފް) ގެ ޗެއާމަން ކަމުގެ މަގާމަށް ގާސިމް އަބްދުލް ކަރީމް މިއަދު އައްޔަން ކޮށްފިއެވެ.

ގާސިމް ވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ފ. ނިލަންދޫ ބްރާންޗްގެ މެނޭޖަރ ކަމުގެ މަގާމުވެސް އަދާކުރައްވައިފައެވެ.

އެގޮތުން ބީއެމްއެލް ނިލަންދޫ ބްރާންޗުގެ މެނޭޖަރަކަށް ހުންނެވި ދުވަސްވަރު، އެމްއެމްޕީއާރުސީގެ ކޮރަޕްޝަން އާ ގުޅުން ހުރި އެސްއޯއެފް ކުންފުންނީގެ އެކައުންޓްގެ މައުލޫމާތު ލީކުކޮށްލާފައި ވާތީ، ބީއެމްއެލްގެ ކަސްޓަމަރެއްގެ އެކައުންޓުގެ މައުލޫމާތު އާންމުކުރިކަމުގެ މައްސަލައިގައި ގާސިމު ވަނީ އަށް މަހާއި 12 ދުވަހަށް ޖަލަށް ލައިފައެވެ.

އެމްއައިސީއެފް އަކީ 2016 ވަނަ އަހަރުގެ މާޗު މަހުގެ 24 ވަނަ ދުވަހު، ރައްޖޭގެ އިސްލާމިކް ފައިނޭންސް އިންޑަސްޓްރީ ކުރިއަރުވައި ތަރއްގީކުރުމަށް ސަރުކާރުން އުފެއްދި ކުންފުންޏެކެވެ. އައިސީއެމްއެފް ގެ ހެޑް އޮފީސް ހުންނަނީ ރާއްޖޭގައެވެ.