އެކަނި ކުދިން ބަލަހައްޓާ މަންމައިންނާއި ބައްޕައިންނަށް މާލީ އެހީގެ ގޮތުގައި 10،000 ރުފިޔާ ލިބޭނީ 10 ކުދިން ތިބި ކަމުގައި ވާނަމަ ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެފިއެވެ.
ޖެންޑަރ މިނިސްޓްރީން މިހެން ބުނީ އެކަނިވެރި މައިންނާއި ބަފައިން ބަލާ ކޮންމެ ކުއްޖަކަށް 10،000 ރުފިޔާ ލިބޭނެ ކަމަށް ދޭހަވާ ގޮތަށް ބައެއް މީޑިއާތަކުން ހަބަރު ފަތުރަމުން ދިއުމާ ގުޅިގެން އެކަން ސާފުކޮށްދިނުމަށެވެ. އަދި ކުރިއެކޭ ވެސް އެއް ގޮތަށް މިހާރުވެސް ކުއްޖަކަށް ލިބޭނީ 1000 ރުފިޔާ ކަމަށް ވެސް ޖެންޑަރ މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އެހީ، އެކަނި ކުދިން ބަލަހައްޓާ މަންމައިންނާއި ބައްޕައިންނަށް ލިބޭ ގޮތަށާއި އެކަނި ކުދިން ބަލަހައްޓާ މަންމައިންނާއި ބައްޕައިނަށް ދެވޭ އެލަވަންސް ވެސް އެފަދަ މަންމައިންނާއި ބައްޕައިންނަށް ލިބޭގޮތަށް ރައީސް އޮފީހުން މިހާރު ވަނީ ހަމަޖައްސާފައި ކަމަށް ޖެންޑާ މިނިސްޓްރީން ބުންޏެވެ.