ޚަބަރު

ހުޅުމާލެއިން ކުއްޖަކު ގެއްލިގެން ހޯދަނީ

ހުޅުމާލެއިން އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ވަން އޮންލައިން"އަށް ވިދާޅުވީ ހުޅުމާލެއިން ކުއްޖަކު ގެއްލިގެން ރޭގެ ވަގުތެއްގައި ރިޕޯޓްކޮށްފައިވާ ކަމަށާއި އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އިތުރު ތަފްސީލެއް ފުލުހުންގެ މީޑިއާ އޮފިޝަލް ދެއްވައިފައެއް ނުވެއެވެ.

ފޭސްބުކް ޕޯސްޓެއްގައި ބުނެފައިވަނީ އެ ކުއްޖާ ގެއްލިފައިވަނީ ރޭގެ ވަގުތެއްގައި ކަމަށާއި އެ ކުއްޖާ ފެނިއްޖެ އެ ކުއްޖާގެ އާއިލާއަށް އަންގައިދިނުމަށް އެދޭ ކަމަށެވެ.

އެ ހާދިސާއާ ގުޅޭގޮތުން އަދި އާއިލާގެ ބަހެއް ލިބޭގޮތެއް ނުވެއެވެ.