ޚަބަރު

ވެހިކަލް އެތެރެކުރުން ކޮންޓްރޯލް ކުރެވޭނީ ޕަބްލިކް ޓްރާންސްޕޯޓް އިތުރު ކުރެވިގެން: މިނިސްޓަރު

އިބްރާހިމް ޒަކީ

މާލެއަށް ތޮއްޖެހިފައިވާ ވެހިކަލްގެ މައްސަލަ ހައްލު ކުރުމަށްޓަކައި، އިތުރަށް ވެހިކަލް އެތެރެ ކުރުން ހުއްޓުވައި އެކަން ކޮންޓްރޯލް ކުރެވޭނީ، ޕަބްލިކް ޓްރާންސްޕޯޓް އިތުރު ކުރެވިގެން ކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

މިނިސްޓްރީގެ މަސައްކަތްތަކާބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް ހާޒިރުވެ ވަޑައިގަތުމުން، މެންބަރުން ކުރެއްވި ސުވާލު ތަކުގެ ތެރެއިން ވެހިކަލް އެތެރެ ކުރުން ކޮންޓްރޯލް ކުރުމާބެހޭގޮތުން މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، އެމައްސަލަ ހައްލު ކުރުމަށް އެންމެ ބޮޑު މަސައްކަތެއް ކުރައްވަނީ މިނީބަސް ތައާރަފްކޮށް ޕަބްލިކް ޓްރާންސްޕޯޓް އިތުރު ކޮށްގެން ކަމަށެވެ.

އެއީ ދަތުރު ކުރެވޭނެ ލުއިފަސޭހަ ގޮތެއް ރައްޔިތުންނަށް ހޯދައި ދިނުމަށް ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރައްޔިތުންނަށް އިތުރު ގޮތެއް ހޯދައި ނުދީ ކުއްލިއަކަށް ވެހިކަލް އެތެރެކުރުން ކޮންޓްރޯލް ކޮށްފިނަަމަ ވަރަށްބޮޑެތި ތަކުލީފުތަކެއް ރައްޔިތުންނަށް ދިމާވާނެ ކަމަށެވެ.

"އެންމެ ބޮޑަށް މި މަސައްކަތް ކުރަނީ ޕަބްލިކް ޓްރާންސްޕޯޓް އިތުރު ކުރަން، އަޅުގަނޑު ދެކޭ ގޮތުގައި ޕަބްލިކް ޓްރާންސްޕޯޓް އިތުރު ކޮށްގެން އަޅުގަނޑުމެންނަށް ވެހިކަލްތައް މަދު ކުރެވޭނީ، ސަބަބަކީ ދަތުރު ފަތުރު ކުރެވޭނެ ނިޒާމެއް އަނެއްކާވެސް ރައްޔިތުންނަށް ނުދައްކއި، ކާރު އެތެރެކުރުން، ސައިކަލް އެތެރެކުރުން، ކުއްލިއަކަށް ހުއްޓުވާލައިފި ނަމަ ވަރަށްބޮޑު ތަކުލީފެއް ރައްޔިތުން އުފުލަން ޖެހޭނެ،" މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މާލޭގެ މަގުތަކުގައި ދުއްވޭވަރުގެ ކުދި ބަސް ތައްޔާރުކޮށްގެން ގެންނަން ހަމަޖެހިފައިވާ ކަމަަށާއި އެ ބަސްތަކުން ދަތުރުފަތުރު ކުރުމަށް ފަސޭހަ ދޮރެށް ހުޅުވާލުމަށްފަހު ވެހިކަލް ކޮންޓްރޯލް ކޮށްފިނަމަ ރައްޔިތުން އެކަން ބަލައި ކަންނާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެއްގަރާޖަށް އެތައްކާރެއް ރަޖިސްޓްރީ ކޮށްފައިވާ މައްސަލަ ހައްލު ކުރެވޭނީވެސް އެފަދަ ރައްޔިތުންނަށް ސަރުކާރަށް ގޮތެއް ހޯދައިދެވިގެން ކަމަށެވެ. ނމަވެސް މިހާރު އެގޮތަށް ވެހިކަލް ރަޖިސްޓްރީ ނުކުރެވޭނެ ކަމަށްވެސް މިނސިްޓާރު ވިދާލުވިއެވެ.

އެއްގަރާޖަކަށް އެތައްކާރުތަކެއް ރެޖިސްޓްރީ ކުރު، އެތައް ރއްޔިތުންތަކަށް ގެލްުނ ވާނެ، އެހެން ގޮތެއް ޕާކިން ސްލޮޓްތަކެއް ނުވަތަ ޕާކިން ބިލްޑިންތަކެް ފީއެއްދީގެން ނަމަވެސް ނެގުމަށްފަހު އެކަން ކުރެވޭނީ،