ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

ރަސްމީ ދަތުރެއްގައި މިނިސްޓަރު ޝާހިދު ތައިލެންޑަށް ވަޑައިގެންފި

މަރިޔަމް ޝަހުދާ

ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ތައިލެންޑަށް ވަޑައިގެންފި އެވެ.

މިނިސްޓަރު ޝާހިދު މިއަދު ތއަިލެންޑުގެ ވެރިރަށް ބެންކޮކަށް ވަޑައިގެންނެވީ ދެ ދުވަހުގެ ރަސްމީ ދަތުރެއްގައެވެ. ފޮރިން މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި މި ދަތުރަކީ ތައިލެންޑުގެ ފޮރިން މިނިސްޓަރު ޑޮން ޕަމުދްވިނައި ގެ ދައުވަތަކަށް ކުރައްވާ ދަތުރެކެވެ.

މިއަހަރަކީ ދެގައުމުގެ ދެމެދުގައި އޮތް އެކުވެރިކަމަށް 40 އަހަރު ފުރޭ އަހަރު ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ. މި ބައްދަލުވުމުގައި ދެގައުމުގެ ދެމެދުގެ ގުޅުން މިހާރަށްވުރެ ވަރުގަދަ ކުރުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ހަމަޖައްސާފައިވާ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު އެވެ.

މިދަތުރާ ގުޅިގެން އިތުރު މައުލޫމާތު ''ވަން އޮންލައިން'' އަށް ދެއްވަމުން ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު މިއުވާން މުހައްމަދު ވިދާޅުވީ ތައިލެންޑްގެ ފޮރިން މިނިސްޓަރުގެ އިތުރުން އެގައުމުގެ އިސް ބޭފުޅުންނާ މިނިސްޓަރުގެ މި ދަތުރުގައި ބައްދަލު ކުރަން ހަމަޖައްސާފައިވާ ކަމަށެވެ.

މީގެ އިތުރުން އަންނަ ބުރާސްފަތި ދުވަހު ތައިލެންޑުގައި ހުންނަ ދިވެހި އެމްބަސީ ރަސްމީކޮށް ހުޅުވައި ދެއްވުމަށް ހަމަޖައްސާފައިވާ ކަމަށް މިއުވާން ވިދާޅުވިއެވެ.