ޚަބަރު

ބައި ގަރުނު ވީ އިރުވެސް ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމުގައި ދައުލަތް ވަނީ ނުކުޅެދިފައި: ސައީދު

ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާއަށް ބައި ގަރުނު ވީ އިރުވެސް ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމުގައި ދައުލަތް ނުކުޅެދިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ސައީދު އެހެން ވިދާޅުވެފައިވަނީ ދިވެހި ޖުމްހޫރިއްޔާއަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ކުރެއްވި ޓުވީޓެއްގައެވެ.

މިނިސްޓަރު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ވެރިކަމާ ބެހޭ ދުވަހު ހަނދާނަށް އަންނަނީ ދެވަނަ ޖުމްހޫރިއްޔާއަށް ބައި ގަރުނު ވީ އިރުވެސް ދައުލަތް ވަނީ ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމުގައި ނުކުޅެފައިވާ ކަން ކަމަށެވެ.

"ވެރިކަމާ ބެހޭ ދުވަހު ހަނދާނަށް އަންނަނީ، ދެވަނަ ޖުމްހޫރިއްޔާއަށް ބައި ގަރުނު ވީ އިރުވެސް ދައުލަތް ވަނީ ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމުގައި ނުކުޅެދިފައި ކަން. މިކަމަށް ބައި ގަރުނު ވެސް ކުޑަކަން. މާތްﷲ ދިވެހި ގައުމަށް ހެޔޮގޮތް މިންވަރު ކުރައްވާށި،" މިނިސްޓަރު ސައީދު ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.