ޓްރީޓޮޕް ހޮސްޕިޓަލާއި ދިއްގަރު ސިއްހީ މަރުކަޒު ގުޅިގެން ހިންގާ ހެލްތު ކެމްޕޭން އަންނަ ބުރާސްފަތި ދުވަހު ބޭއްވުމަށް ހަމަޖައްސައިފިއެވެ.
މި ކެމްޕޭނުގައި ޑާމަޓޮލޮޖިސްޓް އެސޯސިއޭޝަނުންވެސް ބައިވެރިވެއެވެ.
މި ހެލްތު ކެމްޕޭނުގެ ދަށުން ޓްރީޓޮޕް ހޮސްޕިޓަލުގެ ހަމުގެ ހާއްސަ ޑޮކްޓަރ، ޑރ.ފަރްޒީން ނާސިރު، އަދި ޑާމަޓޮލޮޖިސްޓް އެސޯސިއޭޝަންގެ ހަމުގެ ހާއްސަ ޑޮކްޓަރ، ޑރ.ހަނާ ސޯލިހް އަންނަ ބުރާސްފަތި ދުވަހު ދިއްގަރު ސިއްހީ މަރުކަޒުގައި ފަރުވާދެއްވާނެ ކަމަށް އެފަރާތުން މައުލުމާތުދެއެވެ.
އެގޮތުން ޑޮކްޓަރަށް ދައްކަން ބޭނުންވާ ފަރާތްތަކުން މާދަމާގެ 12:00ގެ ކުރިން އައީޑީ ކާޑާއެކު ދިއްގަރު ސިއްހީ މަރުކަޒަށް ވަޑައިގެން ނަންނޯޓު ކުރަން ޖެހޭނެ ކަމަށާއި އާސަންދައިގެ ހިދުމަތާއެކު ޑޮކަޓަރަށް ދެއްކޭނެ ކަމަށް ދިއްގަރު ސިއްހީ މަރުކަޒުން މައުލޫމާތުދެއެވެ.
ހެނދުނު 10:00 އިން 13:00 އަށް ހަމުގެ ހާއްސަ ޑޮކުޓަރުންގެ ހިދުމަތް ލިބޭނެ ކަމަށާއި މެންދުރު ހިދުމަތްލިބެން ހުންނާނީ 13:00 އިން 16:30 އަށް ކަމަށް ދިއްގަރު ސިއްހީ މަރުކަޒުން މައުލުމާތުދެއެވެ. އަދި ހަވީރުގެ 17:00 އިން 18:00 ގެ އިތުރުން، ރޭގަނޑުގެ 20:00 އިން 21:00 އަށް ވެސް އެ ޑޮކަޓަރުންގެ ހިދުމަތް ލިބޭނެ ކަމަށް އެފަރާތުން މައުލޫމާތުދެއެވެ.