ހދ. ކުޅުދުއްފުށީ ބޭރުގައި މަސްވެރިކަން ކުރަމުންދިޔަ މަސްދޯންޏެއްގައި ހުރި މީހެއްގެ ލޮލުގައި ބުޅިއަކުން ޖެހުމުން އިތުރު އަވަސް ފަރުވާއަށް ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެންގޮސްފިއެވެ.
އެމްއެންޑީއެފުން ބުނީ، "ރޯދި 3" ނަމަކަށް ކިޔާ މަސް ދޯންޏެއްގެ ހުރި 58 އަހަރުގެ ދިވެހި ފަޅުވެރިއެއްގެ ލޮލުގައި ބުޅިއަކުން ޖެހިގެން އުޅޭ ކަމުގެ ރިޕޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބުނީ މިއަދު ހެނދުނު 10:46 ހާއިރު ކަމަށެވެ.
އެ ހާދިސާ ހިނގިއިރު އެ މަސްދޯނި އޮތީ ކުޅުދުއްފުށި އިރު ދެކުނުން 13 މޭލު ބޭރުގައެވެ.
އެމްއެްޑީއެފުން ބުނީ، ސިއްހީ އިތުރު އަވަސް ފަރުވާ ދިނުމަށް މެޑިކަލް ޓީމަކާއެކު ނޮދަން އޭރިއާގެ ސީ އެމްބިއުލާންސްގައި ދޯނި އޮތް ސަރަހައްދަށް ގޮސް، އެމީހާ ހދ. ކުޅުފުއްފުއްޓަށް ގެންގޮސްފައިވަނީ މިއަދު މެންދުރު 12:10 ހާއިރު ކަމަށެވެ.