ދިރާގުން އެންމެ ފަހުގެ އެޕަލް ބުރޭންޑްގެ އައިފޯން 11 ޕްރޯ އަދި ޕްރޯ މެކްސް ޕްރީއޯޑަރ ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ދިރާގުން ބުނީ އައިފޯން ގެ ސްޓޮކް ވަރަށް ލިމިޓެޑް ކަމަށާއި އެހެންކަމުން ހިދުމަތް ދެމުން ގެންދާނީ ފުރަތަމަ އޯޑަރ ކުރާ މީހާއަށް ފުރަތަމަ ހިދުމަތް ލިބޭ އުސޫލުން ކަމަށެވެ. އަދި ކޮންމެ މީހަކަށް އޯޑަރ ކުރެވޭނީ އެއް ފޯނު ކަމަށްވެސް ދިރާގުން ބުންޏެވެ.
ފޯނު ޕްރީއޯޑަރ ކުރާ ކަސްޓަމަރުންނަށް ފޯން ކަލެކްޓް ކުރަން ވުމުން ފޯނަށް އެސްއެމްއެސް އެއް ލިބޭނެ ކަމަށް ދިރާގުން މައުލޫމާތުދެއެވެ. އެގޮތުން ދިރާގުގެ ކަސްޓަމަރ ކެއަރ ސެންޓަރުގެ ހެޑް އޮފީސް އިން ނޫނަސް ކޮންމެ ރީޖަނަލް ކަސްޓަމަރ ސާވިސް ސެންޓަރަކުންވެސް ފޯނު ކަލެކްޓް ކުރެވޭނެ ކަމަށް ދިރާގުން މައުލޫމާތުދެއެވެ.
ދިރާގުން ބުނީ އައިފޯން 11 ޕްރޯ އަދި ޕްރޯ މެކްސް ޕްރީއޯޑަރ ކުރާއިރު، އެޑްވާންސްގެ ގޮތުގައި ވަކި ވަރެއް ދައްކަން ޖެހޭނެ ކަމަށެވެ. އަދި މި އަދަދު ދިރާގުގެ އޮންލައިން ޕޭމަންޓް ޗެނަލް މެދުވެރިކޮށް ދެއްކޭނެ ކަަމަށް އެފަރާތުން މައުލޫމާތުދެއެވެ.
އައިފޯން ޕްރީއޯޑަރ ކުރާ ފަރާތްތަކަށް ހާއްސަ ޕްރޮމޯޝަނެއްގެ ގޮތުން ހިލޭ 5 ޖީބީ ޑާޓާ ލިބޭނެ ކަމަށްވެސް ދިރާގުން ބުންޏެވެ.