އެޕަލްއިން އެންމެ ފަހުން ނެރުނު އެމީހުންގެ އައިފޯން 11 ޕްރޯ އަދި 11 ޕްރޯ މެކްސް ޕްރީއޯޑަރ ކުރުމުގެ ފުރުސަތު އުރީދޫ އިން ހުޅުވާލައިފިއެވެ.
އުރީދޫ އިން ބުނީ އުރީދޫ މޫލީ މެދުވެރިކޮށް އެންމެ ފަހުން ނެރުނު އައިފޯންގެ މޮޑެލްތަކަށް ޕްރީއޯޑަރ ކުރުމުގެ ފުރުސަތު މިހާރު ހުޅުވާލައިފައިވާ ކަމަށާއި، ޕްރީއޯޑަރ ކުރުމުގައި އެއްފަހަރާ ފައިސާ ދައްކައިގެން ފުލް ޕޭމަންޓް އަދި އެކި މަސް މަހަށް ބަހާލައިގެން އިންސްޓޯލްމަންޓަށް ފައިސާ ދައްކާ ގޮތަށްވެސް އައިފޯން ގަނެވޭނެ ކަމަށެވެ.
ނަމަވެސް އެ ފޯނުތައް ވިއްކުމަށް ހަމަޖައްސާފައި ވަނީ ލިމިޓެޑް ސްޓޮކް އަކުން ކަމަށް ވާތީ ކޮންމެ މީހަކަށް އޯޑަރ ކުރެވޭނީ އެއް ފޯނު ކަމަށާއި އެއަށްވުރެ ގިނައިން އެކަކު އޯޑަރ ކޮށްފިނަމަ އެ އޯޑަރެއް ކެންސަލުކުރާނެ ކަމަށެވެ.
އައިފޯން 11 ޕްރީއޯޑަރ ކުރާ ފަރާތްތަކަށް 14 ދުވަހުގެ ތެރޭގައި ފޯނު ލިބިގެންދާނެކަމަށް އުރީދޫ އިން މައުލޫމާތުދެއެވެ.