މާފަންނުގައި ހުންނަ ފިހާރައަކަށް ދެމީހަކު ވަދެ ތޫނު އެއްޗަކުން ސޭޓަށް ބިރުދެއްކުމަށްފަހު ފިހާރައިގެ ވަތްގަނޑުން ފައިސާތަކެއް ފޭރުނު މައްސަލައިގައި ދެމީހުން ހައްޔަރުކޮށްފިއެވެ.
މިއަދުގެ 3:04 ހާއިރު ދެ މީހުން ފިހާރައަށް ވަދެ ތޫނު އެއްޗަކުން ބިރުދެއްކުމަށްފަހު ވަތްގަނޑުގައި ހުރި ފައިސާ އާއި ސިގިރޭޓް ފޮށިތަކެއް ވަނީ ފޭރިގެންފައެވެ.
ފުލުހުން ބުނީ މި މައްސަަލައިގައި ފުލުހުން ކުރި މަސައްކަތުން މިރޭގެ 19:22 ހާއިރު 20 އަހަރުގެ ފިރިހެނަކާއި 26 އަހަރުގެ ފިރިހެނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ.
އެ ދެ މީހުން ފިހާރައަށް ވަދެ ތޫނު އެއްޗަކުން ބިރުދައްކައިގެން ފޭރުނު ވީޑީއޯ ވެސް ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.
މި ވީޑިއޯ އިން ފެންނަ ގޮތުގައި އެ ދެމީހުން ފިހާރައަށްވަދެ ވަޅިއެއް ކަހަލަ އެއްޗަކުން ފިހާރައިގެ ސޭޓަށް ބިރުދެއްކުމަށްފަހު ވަތްގަނޑުގައި ހުރި އެއްޗިހި ތަކެއް ނަގާތަން ފެނެއެވެ.