ޚަބަރު

ނުބައި ފަޅިން އޯވަޓޭކް ކުރަން އުޅުމުގެ ތެރޭގައި ދެ ކާރު އެކްސިޑެންޓް ވެއްޖެ

އާނިފާ ހުސެއިން ސިރާޖް

އެއާޕޯޓް މައި މަގު ކައިރިން ދަތުރުކުރި ކާރެއް ނުބައި ފަޅިން އޯވަޓޭކް ކުރަން އުޅުމުގެ ތެރޭގައި އެހެން ކާރެއްގައި ޖެހި އެކްސިޑެންޓް ވެއްޖެއެވެ.

ފުލުހުން ބުނީ އެއާޕޯޓް މައި މަގުން އުތުރުން ދެކުނަށް ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ޕްރައިވެޓް ކާރެއް ނުބައި ފަޅިން، ޓެކްސީއެއްގެ ކުރިއަށް އަރަން އޯވަޓޭކް ކުރަން އުޅުމުގެ ތެރޭގައި އެ ޓެކްސީ ގައި ޖެހި ކޮންޓްރޯލް ނުވެގެން އެ ކާރު މަގުން ބޭރަށް ގޮސްފައިވާ ކަމަށެވެ.

މި މައްސަލައިގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިއަދުގެ ހަވީރު 17:10 ގައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވި ނަމަވެސް އެކްސިޑެންޓްވި ދެ އުޅަނދަށްވެސް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.