ޚަބަރު

ފަނޑިޔާރުންގެ ބެންޗުގައި ތިބެ ޒުވާނުންތަކެއް ނެގި ފޮޓޯތަކެއް އާންމުވެއްޖެ

ޝަހީދާ އަބްދުﷲ ސައީދު

ޖުވައިނައިލް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ޒުވާނުންތަކެއް ނަގާފައިވާ ފޮޓޯތަކެއް މީސް މީޑިއާގައި އާންމުވެއްޖެ އެވެ.

މީސް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުގައި ފަނޑިޔާރުންގެ ބެންޗުގައި ތިބެ ފޮޓޯ ނަގާފައިވަނީ ތިން ޒުވާނެކެވެ. އެނގިފައިވާ ގޮތުގައި އެމީހުންނަކީ ކޯޓުގައި ހިނގަމުން އަންނަ ޝަރީޢަތަކަށް ހެކިބަސް ދިނުމަށް ދިޔަ ބައެކެވެ. ފަނޑިޔާރުންގެ ބެންޗުގައި ތިބެ ފޮޓޯ ނެގިއިރު، ޝަރީޢަތުގެ މަޖިލީހަށް ފޯނު ވެއްދުމަކީ މަނާ ކަމެކެވެ.