މާލެ އަތޮޅު ކުޑަ ވިލިނގިލި ބޭރުގައި މަސްބާނަން އުޅުނު ލޯންޗަކަށް ހޮނުއަޅައިފިއެވެ.
ފުލުހުން ބުނީ މިހާދިސާގައި ލޯންޗަށް ބޮޑެތި ގެއްލުންތައް ލިބުނު ނަމަވެސް، ލޯންޗުގައި ތިބި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާކަމަށެވެ.
ބަމަވެސް އޭރު ލޯންޗުގައި ތިބީ ކިތައް މީހުން ކަމެއް ފުލުހުން ނުބުނެއެވެ.
މާލެ އަތޮޅު ކުޑަވިލިނގިލި ބޭރުގައި އޮތް ލޯންޗަކަށް ހޮނުއެޅިކަމުގެ މައޫލޫމާތު ތުލުސްދޫ ޕޮލިސްޓޭޝަނަށް ލިބުމާއި ގުޅިގެން ފުލުހުން އެސަރަހައްދަށްގޮސް ލޯންޗު ކަފުޖަހައިގެން މިހާރު ތުލުސްދޫ ފަޅުތެރެއަށް ވައްދާފައިވާކަމަށްވެސް ފުލުހުން ބުންޏެވެ.