އިބްރާހިމް ޒަކީ
ސައިކަލެއް ވަގަށް ނަގައިގެން ގޮސް މީހެއްގެ އަތުން ފަނަރަހާސް ފުރިހާގެ ފޯނެއް ފޭރިގެންފިއެވެ.
ފުލުހުން ބުނީ ރޭ 11:45 އެހާކަންހާއިރު ފޯނު ފޭރިގެންފައި ވަނީ، ވަގައްނަގާފައިވާ ސައިކަލެއްގައި ދިޔަ 26 އަހަރުގެ މީހެއް ކަމަށެވެ.
އަދި އެއީ ދިވެހި ފިރިހެނެއް ކަމަށާއި، އެމީހާ ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ފޭރިގަތް ފޯނު، އެ ފޯނުގެ ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށާއި ފޯނު ފޭރުނު މީހާ ދުއްވި ސައިކަލް ޓޯ ކޮށްފައިވާ ކަމަށެވެ.