ފަސް ރަށެއްގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ޑިޒައިން އަދި އީއައިއޭގެ މަސައްކަތް ކުރުމަށް ރިޔަން ޕްރައިވެޓް ލިމިޓެޑް، އިން އެސޯސިއޭޝަން ވިތު ލަމެއަރ ގުރޫޕް އެންޑް ނިރާސް އޭ.އެސް (ޑެންމާކް) އާއި މިއަދު ހަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗާ އިން ބުނީ މި މަޝްރޫއުތައް ހިންގުމަށް ހަމަޖައްސާފައިވާ ރަށްތަކަކީ މ.މުލައް، މ.ދިއްގަރު، މ.ކޮޅުފުށި، ތ.ބުރުނީ އަދި ތ. ވަންދޫ ކަމުގައެވެ.
އެގޮތުން މ.މުލައް، މ.ދިއްގަރު އަދި މ.ކޮޅުފުށީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ޑިޒައިން އަދި އީ.އައި.އޭގެ މަސައްކަތް ހަވާލުކޮށްފައިވަނީ 1,917,700.59 ރުފިޔާ އަށް ބަޖެޓުކޮށެވެ.
ތ. ބުރުނީ އަދި ތ. ވަންދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ޑިޒައިން އަދި އީއައިއޭގެ މަސައްކަތް ހަވާލުކޮށްފައިވަނީ 1,624,712.88 ރުފިޔާ އަށް ބަަޖެޓުކޮށް ކަމަށް ޕްލޭނިންގ މިނިސްޓްރީން މައުލޫމާތުދެއެވެ.
ޕްލޭނިންގ މިނިސްޓްރީން ބުނީ މި ފަސް ރަށުގެ މަސައްކަތްވެސް ހަވާލުކޮށްފައިވަނީ 12 ހަފުތާގެ ތެރޭގައި ނިންމުމަށް ކަމަށެވެ.