ބްރޯޑްކާސްޓިން ކޮމިޝަނުގެ ރައީސް މުހައްމަދު ޝަހީބު، އެކޮމިޝަނުން އިސްތިއުފާ ދެއްވައިފިއެވެ.
އޭނާ އެކޮމިޝަނުން މިއަދު އިސްތިއުފާދެއްވި އިރު، ޝަހީބާއި ކޮމިޝަނުގެ ނައިބު ރައީސް ފާތުމަތު ޒައިނާ އެކޮމިޝަނުން ވަކިކުރުމުގެ މަސައްކަތް މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކުރިއަށް ގެންދިއުމަށް ވަނީ އެޖެންޑާކޮށްފައެވެ.
ޝަހީބާއި ޒައިނާ ވަކިިކުރަން މަޖިލީހުގެ ކޮމިޓީން ނިންމައި މަޖިލީހަށް ހުށަހަޅާފައި ވަނިކޮށް، ޝަހީބު އިސްތިއުފާ ދެއްވިއިރު، އެ ކޮމިޝަންގެ މެންބަރު ކަމުން އިސްމާއީލް ސޮފްވާން އާއި ހަސަން ނަބާހް ވަނީ މީގެކުރިން އިސްތިއުފާ ދެއްވައިފައެވެ.
ކޮމިޝަނުން އެ ދެ ބޭފުޅުން އިސްތިއުފާ ދެއްވީ ވެސް އެ މެންބަރުންގެ މައްސަލަތައް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބަލަން ފަށާފައި ވަނިކޮށެވެ.