ގަވާއިދާ ހިލާފަށް މަގުމަތީގައި ފާކް ކޮށްގެން، ޓޯކޮށްފައިވާ 11 އުޅަނދަކާ ހަވާލު ނުވެއްޖެނަމަ، އެ އުޅަނދުތައް ނައްތާލާނެ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ކުރި އިއުލާނެއްގައި ބުނެފައިވަނީ ގަވާއިދާ ހިލާފަށް ޕާކު ކުރުމުގެ ސަބަބުން ދިހަ ސައިކަލާއި، އެއް ކާރާ އެކު ޖުމްލަ 11 ވެހިކަލް އެ ފަރާތުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ އުޅަނދުތަކަކީ ގަވާއިދާ ހިލާފަށް މަގުމަތީގައި ފާކް ކުރުމާ ގުޅިގެން ދަތުރު ފަތުރުގެ ގާނޫނުގެ ހަތްވަނަ މާއްދާގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ އުޅަނދުތަކެއް ކަމަށެވެ. އަދި 60 ދުވަހުގެ ތެރޭގައި ވެރި ފަރާތްތަކުން އެ ވެހިކަލްތައް ނުގެންގޮސްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އެތަކެތި ނައްތާލުމުގެ މަސައްކަތް ކުރާނެ ކަމަށް ފުލުހުން ބުންނެވެ.
ގަވާއިދާ ހިލާފަށް ޕާކުކުރުމުގެ ސަަބަބުން ވެހިކަލް ޓޯކުރުމުގެ އިތުރުން މިދިޔަ ހަފުތާގެ ތެރޭގައި ފުލުުހުން ވަނީ 458 ވެހިކަލެއްގައި ސްޓިކާވެސް ޖަހާފައެވެ.