ޚަބަރު

ޕީޖީގެ ގާނޫނާއި އީސީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ބަލައިގެންފި

އިބްރާހިމް ޒަކީ

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ގާނޫނާއި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފިއެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކީ، ސަރުކާރުގެ ފަރާތުން، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުއިއްޒު ހުށަހަޅުއްވާފައިވާ ބިލެކެވެ.

އިލެކްޝަންސް ކޮމިޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކީ، ސަރުކާރުގެ ފަރާތުން، މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް ހުށަހަޅުއްވާފައިވާ ބިލެކެވެ.

މި ދެބިލްވެސް މަޖިލީހަށް ބަލައިގަތީ، ވޯޓަށް އެހީރު ޖަލްސާގައި ތިއްބެވި 74 މެންބަރުންގެ ތެރެއިިން ވޯޓު ދެއްވި 73 މެންބަރުންގެ އިއްތިފާގުންނެވެ.

މި ދެބިލް މަޖިލީހަށް ބަލައި ގަތުމުން އިތުރަށް ދިރާސާ ކުރުމަށް ކަމާބެހޭ ކޮމިޓީތަކަށް ވަނީ ފޮނުވައިފައެވެ.