ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް، ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފިއެވެ.
ރައީސް މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިވެހި ޖުމްހޫރިއްޔަތަށް 50 އަހަރު ފުރޭ އުފާވެރި މުނާސަބަތުގެ ތަހުނިޔާ މުންތަޚަބު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި މުންތަޚަބު ނައިބު ރައީސް ފައިސަލް ނަސީމަށާއި ދިވެހި ލޮބުވެތި ރައްޔިތުންނަށް ދަންނަވާ ކަމަށެވެ.
ރައީސް ވަހީދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ 50 ވަނަ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ދަންނަވާ ކަމަށާއި 50 އަހަރު ފުރުނު ނަމަވެސް ގޮންޖެހުންތަކާ ކުރިމަތިލުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށެވެ.
މަޖިލީހުގެ ރައީސް ގާސިމްގެ ޓުވީޓުގައި ވިދާޅުވީ ދިވެހި ޖުމްހޫރިއްޔަތަށް 50 އަހަރު ފުރޭ އުފާވެރި ރަންޔޫބީލްގެ މުނާސަބަތުގައި އިހުލާސްތެރި ތަހުނިޔާއާއި ހެޔޮ އެދުންތައް އަރިސްކުރާ ކަމަށެވެ.