އިބްރާހިމް ޒަކީ
ހުސްވި މަހުގެ ނިޔަލަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން 42 މަޝްރޫއެއް ނިންމާފައިވާ ކަމަށާއި، އެ މަޝްރޫއުތަކުގެ އަގު އެއް ބިލިޔަން ފުރިޔާއަށް އަރާކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
ފިނޭންސް މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ސަރުކާރުގެ ޕްރޮޖެކްޓްތަކާބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، ނިންމި 42 މަޝްރޫއަށް އަރާ އެއް ބިލިޔަން ރުފިޔާގެ ތެރެއިނިް 759 މިލިޔަން ރުފިޔާ ދައުލަތުން ދައްކާފައިވާ ކަމަށެވެ. ނަމަވެސް އެ ފައިސާ ދެއްކި ގޮތުގެ ތަފްސީލް ފަހުން ހިއްސާކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްތަރު ވިދާޅުވީ، 43 ރަށެއްގައި 29 މަޝްރޫއެއް މިހާރުވެސް ހިންގަމުން ގެންދާ ކަމަށެވެ. އަދި ނެޝަނަލް ޓެންޑަބޯދު މެދުވެރިކޮށް 136 މަޝްރޫއެއް އެވޯޑްކޮށްފައިވާ ކަމަށާއި ެ މަޝްރޫއު ތަކުގެ އަގު 3.8 ބިލިއަން ރުފިޔާ އަށް އަރާ ކަމަށް ވެސް އަމީރު ވިދާޅުވި އެވެ.
މި އަހަރަށް ލަފާކޮށްފައިވާ 30 ބިލިއަނަށް ރުފިޔާގެ ބަޖެޓުގައި ޕަބްލިކް ސެކްޓާ އިންވެސްޓްމެންޓް ޕްރޮގްރާމްގެ މަޝްރޫއުތައް ބަޖެޓުކޮށްފައިވާ ގޮތަށް ކުރިއަށް ގެންދެވޭނެ ކަމުގެ ޔަގީން ކަން ވެސް މިނިސްޓަރު ވަނީ ދެއްވައިފައެވެ.