މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)ގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި އާއިޝަތު ނޫޝިން ވަހީދު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ރައީސް އޮފީހުގެ ކޮންސަލްޓެންޓެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ނޫޝިން އެ މަގާމުން އިސްތިއުފާ ދެއްވީ އިއްޔެއެވެ.
މީގެ ކުރިން ފުލުހުންގެ އިންޓެލިޖެންސް އެނަލިސްޓެއްގެ ގޮތުގައި ވެސް މަސައްކަތް ކުރެއްވި ނޫޝިން އެމްޑީއެން އިން އިސްތިއުފާ ދެއްވައިފައި މިވަނީ، އެ ޖަމިއްޔާއިން 2015 ވަނަ އަހަރު ނެރުނު ރިޕޯޓެއްގައި އިސްލާމްދީނާ ހިލާފު ވާހަކަތަކެއް ހިމެނޭ މައްސަލައެއް ފެންމަތިވުމާއި ގުޅިގެން އެޖަމިއްޔާގެ މެމްބަރުންނަށް ފިޔަވަޅު އަޅައި، އަދި އެޖަމިއްޔާ އުވާލަން ރައްޔިތުން ގޮވާލަމުންދާ ދަނޑިވަޅެއްގައެވެ.
އެމްޑީއެން އިން ނެރުނު ރިޕޯޓުގެ މައްސަލަ ފުލުހުން ބަލަމުން އަންނައިރު، ރައީސް ސޯލިހު ވެސް މިއަދު ވަނީ އެ ރިޕޯޓާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ވިދާޅުވެ ބަޔާނެއް ނެރުއްވައިފައެވެ.