ޚަބަރު

މިނިސްޓަރ ނަހުލާ އޮމާނުގެ ޕަބްލިކް އޮތޯރިޓީ އޮފް ސިވިލް އޭވިއޭޝަންގެ އެގްޒެކްޓިވް ރައީސް އާ ބައްދަލުކުރައްވައިފި

އާނިފާ ހުސެއިން ސިރާޖް

އޮމާނުގެ ޕަބްލިކް އޮތޯރިޓީ އޮފް ސިވިލް އޭވިއޭޝަންގެ އެގްޒެކްޓިވް ރައީސް ޑރ. މުހައްމަދު ބިން ނާސިރު އަލް ޒާބީއާ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ ބައްދަލު ކުރައްވައިފި އެވެ.

ކެނެޑާގެ މޮންޓްރިއާލްގައި ކުރިއަށްދިޔަ އައިކާއޯ ޖެނެރަލް އެސެމްބްލީގެ ހަވާސާގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި ދެ ގައުމުގެ ވައިގެ ދަތުރު ފަތުރާ ގުޅޭ ދާއިރާއިން އެހީތެރިވެވޭނެ ކަންތައްތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މައުލޫމާތުދެއެވެ.

މި ބައްދަލުވުމުގައި އޭވިއޭޝަން ދާއިރާއިން ޓްރެއިނިން ދިނުމުގެ އިތުރުން އެ ދާއިރާ އިތުރަށް ތަރައްގީ ކުރުމާއި ގުޅޭ ގޮތުން އެހީތެރިވެދެއްވާނެކަމަށް އެގްޒެކްޓިވް ޑިރެކްޓަރ ވިދާޅުވިކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.

އަދި ރާއްޖޭގައި އޮޕަރޭޓް ކުރާ ސީ ޕްލޭންގެ ހިދުމަތް ދެމުންދާ ގޮތާއި، އެކަމާ ގުޅޭ ޓެކްނިކަލް އެހީ ރާއްޖޭގެ ފަރާތުން ބޭނުންވާކަމަށްވެސް މި ބައްދަލުވުމުގައި ޑރ. މުހައްމަދު ބިން ނާސިރު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުންވެސް ދަތުރު ފަތުރުގެ ދާއިރާއިން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭ ގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މައުލޫމާތުދެއެވެ.