ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަހަރުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުރި 60 މީހަކަށް ފުރޮޅުލީގޮނޑި ހަދިޔާކޮށްފިއެވެ.
ބީއެމްއެލް އިން ބުނާގޮތުގައި، އެކަމަކީ 2017 ވަނަ އަހަރުން ފެށިގެން "އަހަރެންގެ ބޭންކް"ގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީވުމަށް އެ ކުންފުނިން ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ.
އެ ހަރަކާތުގެ ދަށުން ބީއެމްއެލް އިން ހަދިޔާކުރަނީ މޮޓޮރައިޒްޑް ވީލްޗެއާއެވެ.
އެގޮތުން މިހާތަނަށް "އަހަރެންގެ ބޭންކް"ގެ ދަށުން މުޅި ޖުމްލަ 79 ފަރާތަކަށް ވީލްޗެއާ ހަދިޔާކޮށްފައިވާނެ ކަމަށް ބިއެމްއެމް އެލް އިން މައުލޫމާތުދެއެވެ.
މިކަމާ ބެހޭގޮތުން ބީއެމްއެލް ގެ ސީއިއޯ އަދި މެނޭޖިންގ ޑިރެކްޓަރ ވިދާޅުވީ މި ހަރަކާތުގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އާންމު ދިރިއުޅުމުގެ ހާލަތު ރަނގަޅުވެގެންދާނެ ކަމަށެވެ. އަދި މި (އަހަރެންގެ ބޭންކް) ހަރަކާތުގެ ސަބަަބުން މުޖްތަމައުގައި ބޭނުންޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފުރުސަތު ލިބިގެ ދިޔަކަންވެސް އޭނާގެ ވާހަކައިގައި ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން ހިލޭ ސާބަހަށް ކުރ މަސައްކަތައް، ތައުލިީމީ ދާއިރާގެ ކަންކަމަށާއި ކުޅިވަރު އަދި ތިމާވެށި ހިމާޔަތް ކުރުން ފަދަ މުޖްތަމައު އަށް ފައިދާ ހުރި މަސައްކަތް ތަކަށް ބީއެމްއެލް އަބަދުވެސް ތާއީދު ކުރާ ކަމަށްވެސް އެ ފަރާތުން ވަނީ ބުނެފައެވެ.