ޖަޕާން ސަރުކާރުން ހަދިޔާކުރި ފަޔަރ ވެހިކަލްތައް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ބެލުމުގެ ދަށުން ކަނޑައަޅާފައިވާ، ރާއްޖޭގެ 14 ފަޔަރ ސްޓޭޝަނަށް ފޮނުވައިފިއެވެ.
އެމްއެންޑީއެފް އިން ބުނީ މި 14 ފަޔަރ ސްޓޭޝަނަށް ފޮނުވާފައި ވަނީ 24 ވެހިކަލް އަދި ފަސް ލޯންޗް ކަމަށެވެ. މި ވެހިކަލްތަކުގެ ތެރޭގައި ހިމެނޭ ޓެންޑަރ ވެހިކަލްގައި 1500 ލީޓަރު ފެން އުފުލުމުގެ ގާބިލްކަން ލިބިފައިވާއިރު ފޯރމް ޓެންޑަރ ވެހިކަލްގައި 200 ލީޓަރު ފޯރމް ކޮންސެންޓްރޭޓް އަދި 4000 ލީޓަރު ފެން އުފުލޭނެ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.
ޖަޕާން ސަރުކާރުން ހަދިޔާ ކުރި ވެހިކަލްތަައް ފޮނުވާފައިވާ ރައްތައް:
ޖަޕާން ސަރުކާރުން ހަދިޔާކުރި މި ވެހިކަލްތަކުގެ ސަބަބުން ރާއްޖޭގެ ސަރަހައްދުތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި ފަޔަރމަނުން ހަރަކާތްތެރިވުމަށް އިތުރު ކުރިއެރުން ލިބި، ހިނގާ އަލިފާނުގެ ހާދިސާތަކުގައި ރައްޔިތުންގެ ފުރާނަ އާއި މުދާ ސަލާމަތް ކުރުމުގައި ލިބިފައިވާ ވަސީލަތްތަކުގެ ބޭނުން ހިފުމަށް އިތުރަށް މަގުފަހިވެގެން ދާނެއެވެ.
މި ވެހިކަލްތަކަކީ fަހެއް ޑިސެމްބަރު 2018 ވަނަ ދުވަހު ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހަދިޔާ ކުރި ވެހިކަލްތަކެކެވެ.