މަޖީދީ މަގުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައި މީހަކު ޒަހަމް ވެއްޖެ އެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މި އެކްސިޑެންޓުގައި ޒަހަމްވީ ސައިކަލު ދުއްވަން އިން މީހާ އެވެ. އަދި އޭނާއަށް ފަރުވާ ދިނުމަށް މިހާރު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އެމީހާ އަށް ލިބުނު އަނިޔާއާ ގުޅިގެން އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.
''ވަންއޮންލައިން'' އަށް މައުލޫމާތު ދެއްވަމުން އޭޑީކޭގެ މެނޭޖިންގް ޑިރެކްޓަރު އަހުމަދު އައްފާލު ވިދާޅުވީ މި ހާދިސާގައި ޒަހަމްވީ 29 އަހަރުގެ އަންހެނެއް ކަމަށެވެ. އެމީހާއަށް މިހާރު އޭޑީކޭއިން ފަރުވާ ދެމުން އަންނަ ކަމަށާއި، އެމީހާގެ ހާލު ރަނގަޅު ކަމަށް އައްފާލު ވިދާޅުވިއެވެ.
މިހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނު 8:59 ހާއިރު އެވެ. ފުލުހުން ބުނީ މި ހާދިސާގައި ކާރު ކޮންޓްރޯލް ނުވެގެން ގޮސް ގަހެއްގައި ޖެހިފައިވާ ކަމަށެވެ. ނަމަވެސް ކާރު ދުއްވަން އިން މީހާއަށް އެއްވެސް އަނިޔާއެއް ލިބުނު ކަމަކަށް ފުލުހުން ނުބުނެ އެވެ.