އިބްރާހިމް ޒަކީ
ހަ ބިލަކާއި ފަސް ގަރާރެއްގެ މަސައްކަތް ކުރިއަށް ގެންދަން ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.
މާދަމާގެ ޖަލްސާގެ އެޖެންޑާގެ އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި އިބްތިދާއީ ބަހުސްގައި އޮތީ، ހަތަރު ގަރާރެއްގެ މަސައްކަތެވެ.
އެއީ ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުވުމަށް ގޮވާލައި އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ހުށަހަޅުއްވާ ގަރާރަކާއި، ރަށްރަށުގެ ސަރަހައްދު ކަނޑައެޅުމާއި، ރަށްރަށުގެ މުއްސަނދިކަން އެރަށަކަށް ލިބިދިނުމަށް ގޮވާލައި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް ހުށަހަޅުއްވާފައިވާ ގަރާރަކާއި، ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުالله ހުށަހަޅުއްވާފައިވާ، ގެދޮރު ނެތް ފަރާތްތަކަށާއި، އަލަށް ޒަވާޖީ ހަޔާތެއް ފަށާ ފަރާތްތަކަށް ޖާގައޮތް ރަށްރަށުން ގޯތި ދޫކުރުމާގުޅޭ ގޮތުން ހުށަހަޅާ ގަރާރެކެވެ.
މީގެ އިތުރުން ދިވެހި ރައްޔިތުންނަށް މާލެ އާއި ރަށްރަށުން ފްލެޓް ދޫކުރުމާގުޅޭގޮތުން ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ހުށަހަޅުއްވާ ގަރާރުގެ މަސައްކަތް ކުރިއަށް ގެންދިއުންވެސް އޭގެ ތެރޭގައި ހިމެނެއެވެ.
ނުނިމި ހުރި މަސައްކްތަތަކުގެ ތެރެއިން މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވަނީ، ޕްރޮސިކިއުޓާ ޖެނެރަލާއި، އިލެކްޝަންސް ކޮމިޝަނާއި އޮޑިޓް ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހަޅާފައިވާ، ބިލުގެ މަސައްކަތް ކުރިއަށް ގެންދިއުމަށެވެ. މީގެއިތުރުން ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ހުށަހަޅުއްވާފައިވާ، ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން މާލޭން
ބިން ދޫކޮށްލާ ފަރާތްތަކަށާއި ގުޅީފަޅުން ބިން ގަނެފައިވާ ފަރާތްތަކަށް ބޯހިޔާވަހިކަން ހަމަޖެއްސުމާ ގުޅޭގޮތުން ހުށަހެޅި ގަރާރުގެ ބަހުސް ކުރިއަށްގެންދިއުމަށްވެސް އެޖެންޑާ ކޮށްފައިވެއެވެ.
ކޮމިޓީން ހުށަހަޅާފައިވާ ކަންތަކުގެ ތެރޭން އެޖެންޑާގައި ވަނީ، ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ބިލު، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކޮށް
ނިންމިގޮތުގެ ރިޕޯޓު ހުށަހެޅުމަށް ވެސް ވަނީ އެޖެންޑާ ކޮށްފައެވެ.