ކޮޅިގަނޑެއްގައި އއ. އުކުޅަހު ޕެޓްރޯލް ޝެޑަށް ގެއްލުންތަކެއް ވެއްޖެއެވެ.
ފުލުހުން ބުނީ ކޮޅިގަނޑެއްގައި މިއަދު ހަވީރު 5:30 ހާއިރު އުކުޅަހު ޕެޓްރޯލް ޝެޑުގެ ޕެޓްރޯލް ޝެޑުގެ ފުރާޅު އެއްލާލާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށާއި އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށް އެ އިދާރާއިން ބުންޏެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ވަނީ ބައެއް ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފައެވެ. ވައިޓް އެލާޓް ނެރެފައިވަނީ ށ. އަތޮޅާއި ލ. އަތޮޅާ ދެމެދުގެ ރަށްތަކަށެވެ.