މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން އާންމުކުރި ރިޕޯޓުގައި އިސްލާމް ދީނާއި ރަސޫލާ އަށް ފުރައްސާރަކޮށް ދީނާއި ހިލާފު ވާހަކަ ދައްކާފައިވާ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުން ފުލުހުންނަށް ހުށަހަޅައިފިއެވެ.
އަދާލަތު ޕާޓީން ކުރި ޓުވީޓެއްގައި ބުނެފައިވަނީ މި މައްސަލަ ބަލއިދިނުމަށް އެދި އެ ޕާޓީގެ އިލްމުވެރިންގެ މަޖިލީހުން މިއަދުގެ 13:00 ގައި ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.
އެމްޑީއެންގެ ފަރާތުން އާންމުކުރި ރިޕޯޓުގައި ހިމެނޭ ކަންކަން ކުށްވެރިކޮށް އެކަން ތަހުގީގު ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން އިއްޔެ ގޮވާލާފައި ވާއިރު، ރިޕޯޓާ ގުޅިގެން ފުރިހަމަ ތަހުގީގެއް ހިންގައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެކަމަށް ފުލުހުން ވަނީ ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައެވެ.