ހއ.ހޯރަފުށީ ގެއަކުން ވައްކަން ކުރި މައްސަލައެއްގައި ކުޑަކުއްޖަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި ބުރާސްފަތި ދުވަހު ހިނގި ވައްކަމުގެ މި ހާދިސާގައި ހައްޔަރުކޮށްފައި ވަނީ ފިރިހެން ކުއްޖެކެވެ. އަދި މި ކުއްޖާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުންޏެވެ.
މި ކުއްޖާ ހައްޔަރުކޮށްފައި ވަނީ ފައިސާތައް ވަގަށް ނަގާފައިވަނީ އޭނާ ކަމަށް ޝައްކު ކުރެވިގެން ކޯޓު އަމުރެއްގެ ދަށުން އެ ކުއްޖާ ދިރިއުޅޭ ގެ ފާސް ކުރުމަށް ފަހު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި އެގެ ފުލުހުން ބަލައި ފާސް ކުރުމުގެ ތެރެއިން ވަގަށް ނަގާފައިވާ ފައިސާތައް އެގެއިން ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މިހާރު މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.