ޚަބަރު

ކެންސަރ ސޮސައިޓީގެ ފަންޑް ރެއިސިން ގާލާ ޑިނާގައި ފަސްޓްލޭޑީ ބައިވެރިވެވަޑައިގެންފި

އާނިފާ ހުސެއިން ސިރާޖް

ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ ބާއްވި ފަންޑް ރެއިސިން ގާލާ ޑިނާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ބައިވެރިވެވަޑައިގެންފިއެވެ.

މިރޭ ހޮޓެލް ޖެންގައި ބޭއްވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ ވަނީ "އެހީތެރިޔާ ވަރުބަލިކަމުން ދުރުވުމަށް މަގެއް" ގެ ނަމުގައި އެކުލަވާލާފައިވާ ފޮތް އިފްތިތާހުކޮށްދެއްވައިފައެވެ.

މީގެ އިތުރުން ފަސްޓްލޭޑީ ވަނީ "އައި އޭމް އެގެއިންސްޓް ޕަބްލިކް ސްމޯކިން" ކެމްޕެއިންގެ ދަށުން ކުރިއަށްގެންދާ ޕެޓިޝަނެއްގައި ވެސް ސޮއިކުރައްވާފައި ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

ކެންސަރ ސޮސައިޓީން ބާއްވާ ފަންޑް ރެއިސިން ގާލާ ޑިނާއަކީ ކޮންމެ އަހަރަކުވެސް އެ ޖަމިއްޔާއިން ބާއްވަމުން އަންނަ ހަރަކާތެކެވެ.