ޚަބަރު

ކްރޮސްރޯޑްސްއަށް ދަތުރުކުރަމުންދިޔަ ލޯންޗެއް ދިޔަވާތީ އެމްއެންޑީއެފް އިން އެހީތެރިވާން ފަށައިފި

އާނިފާ ހުސެއިން ސިރާޖް

2

ހަތް މީހުންނާއެކު މާލެއިން ކްރޮސްރޯޑްސް މޯލްޑިވްސްއަށް ދަތުރުކުރަމުންދިޔަ ލޯންޗެއް ދިޔަވާތީ އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮއާޑުރޮން އިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ "ކަޅިހި" ނަމަކަށް ކިޔާ އެ ލޯންޗު ދިޔަވާން ފެށީ ކުރޮސްރޯޑްސްގެ ފަޅުގައި އަޅާފައި އޮތް ބޮއެއްގައި ޖެހިގެން ކަމަށާއި އަދި އެ ވަގުތު އެ ލޯންޗުގައި ތިބީ ހަތް މީހުން ކަމަށެވެ.

މިކަމުގެ ރިޕޯޓު ލިބިފައިވަނީ މިރޭގެ 21:03 ހާއިރު ކަމަށާއި އަދި މިކަމުގެ ރިޕޯޓު ލިބުމުން އެމްއެންޑީއެފްގެ މާލެ އޭރިއާ ކޯސްޓްގާޑް ސްކޮއާޑްރޮން އިން މިހާރު އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުން ކަމަށް ވެސް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށްވެސް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ. އަދި ލޯންޗު މިހާރު ވަނީ އެ ކްރޮސްރޯޑްސްގެ ޖެޓީއަށް ވައްދައިފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟